އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލްގެ ކުލީ ބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި ރިވިއުކުރުމާ ގުޅޭ އުޞޫލު ފާސްކުރުން

7 ޖުލައި 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ކައުންސިލްގެ ކުލީ ބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި ރިވިއުކުރުމާ ގުޅޭ އުޞޫލު ފާސްކުރުން

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯރޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީ ކައުންސިލްގެ ކުލީ ބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި ރިވިއުކުރުމާ ގުޅޭ އުޞޫލުގެ 02 ވަނަ މާއްދާގެ (ރ) "އަލުން ހެދޭ އެއްބަސްވުންތަކުގެ އަގު 5 (ފަހެއް) އަހަރުން ރިވިއުކުރެވޭނެ އެވެ. ރިވިއުކުރެވޭނީ އެއްބަސްވުމުގެ އަގުގެ  %15 އަށް ވުރެ ބޮޑުނުވާ ގޮތަށެވެ."

 

1-5000 އަކަފޫޓާ ހަމައަށް އެންމެ ދަށްވެގެން ބިމުގެ އަކަފޫޓަކަށް 1.00 ރުފިޔާ

5,001-10,000 (ފަސްހާސް އެކެއް އަކަފޫޓާއި ދިހަހާސް އަކަފޫޓް) ދެމެދުގެ ބިމެއްނަމަ ބިމުގެ އަކަފޫޓަކަށް 0.75 ލާރި

10,001-15,000 (ދިހަހާސް އެކެއް އަކަފޫޓާއި ފަނަރަހާސް އަކަފޫޓް) ދެމެދުގެ ބިމެއްނަމަ ބިމުގެ އަކަފޫޓަކަށް 0.65 ލާރި

15,001-20,000 (ފަނަރަހާސް އެކެއް އަކަފޫޓާއި ވިހަހާސް އަކަފޫޓް) ދެމެދުގެ ބިމެއް ނަމަ ބިމުގެ އަކަފޫޓަކަށް 0.60 ލާރި

20,001-50,000 (ވިހިހާސް އެކެއް އަކަފޫޓާއި ފަންސާސްހާސް އަކަފޫޓް) ދެމެދުގެ ބިމެއް ނަމަ ބިމުގެ އަކަފޫޓަކަށް 0.50 ލާރި

50,001-100,000 (ފަންސާސްހާސް އެކެއް އަކަ ފޫޓާއި އެއްލައްކަ އަކަފޫޓް) ދެމެދުގެ ބިމެއް ނަމަ ބިމުގެ އަކަފޫޓަކަށް 0.40 ލާރީ

މިގޮތަށް މި އުޞޫލުގެ 04 ވަނަ މާއްދާގެ (ހ) އިސްލާޙުކޮށް އައްޑޫ ސިޓީ ކައުންސިލްގެ ކުލީ ބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި ރިވިއުކުރުމާ ގުޅޭ އުޞޫލު ފާސްކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އައުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، އަޙްމަދު ސަޢީދު

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުހައްމަދު ޝުއާއު       

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް

ވީމާ، މި ނިންމުމާއި ގުޅިގެން ކައުންސިލް އިދާރާގެ ވެރިން، ޑިވިޝަން، ސެކްޝަން، އަވަށުއޮފީސް އަދި ކޮމިޓީތަކުން މި ނިންމުން ތަންފީޒު ކުރުމަށް ކުރައްވަންޖެހޭ ކަންކަން ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވުމަށް ދެންނެވީމެވެ.

 

 

 

                                                                                ޢަލީ ނިޒާރު 

                                                                                  މޭޔަރ

ސޮއި:

ފޮނުވީ: މުޙައްމަދު ޙަލީމް،  ޑިރެކްޓަރ (އެކްޓިންގ ސެކްރެޓަރީ ޖެނަރަލް)

އަމަލު ކުރަންވީ: ޕްލޭނިންގ ސެކްޝަން




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/038

ތާރީޚް: 7 ޖުލައި 2021