އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޓޫރިޒަމަށް ދޫކުރާ ބިންތަކާގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

15 ނޮވެމްބަރ 2019     2 years ago


ޓޫރިޒަމަށް ދޫކުރާ ބިންތަކާގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

އައްޑޫސިޓީގެ ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެ ގޮތުން އައްޑޫގެ ފަސް ސަރަހައްދެއް ގެސްޓް ހައުސް އަދި ސިޓީ ހޮޓެލް ވިޔަފާރިއަށް ދޫކުރުމަށްޓަކައި ބިން ދޫކުރުމުގެ ގޮތުން އެކަމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އިއްޔެ ކައުންސިލުން ބާއްވައިފިއެވެ.

އައްޑޫސިޓީ ހިތަދޫ، މަރަދޫ، ފޭދޫ، ހުޅުދޫ އަދީ މީދޫން ޓޫރިޒަމަށް ޙާއްސަކޮށްގެން ބިންދޫކުރުމަށްޓަކައި ބިޑަށް މިހާރު ހުޅުވާލެވިފައިވާއިރު، ބިޑް ކުރުމުގެ ކުރިން އިންވެސްޓަރުންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން އީކުއޭޓަރ ވިލެޖްގައި ބޭއްވި މިބައްދަލުވުމުގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބު ދެއްވީ މޭޔަރ އަބްދުﷲ ޞާދިޤްއެވެ.

އައްޑޫސިޓީގައި 5 ޓޫރިޒަމް ޒޯން ތަރައްޤީކކުރުމަށް 96 ބިން ދޫކުރުމަށް ވަނީ ނިންމާފައެވެ. މިސަރަހައްދުތަކުގައި ތަރައްޤީކުރެވޭ ގެސްޓް ހައުސް އަދި ސިޓީ ހޮޓެލާއެކު އައްޑޫގެ ޓޫރިޒަމް އެނދުގެ އަދަދަށް 4000 އެނދު އިތުރު ވެގެންދާނެއެވެ. އައްޑޫގެ މިވަގުތުގެ ޓޫރިޒަމް އެނދުގެ އަދަދަކީ 1118 އެނދެވެ. މިއީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހް ގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުއެކެވެ.

"އައްޑޫ އޯޕަން ފޯ ޓޫރިޒަމް"ގެ ނަމުގައި ކުރިއަށް ގެންދާ މިމަޝްރޫޢުގެ ދަށުން ހިތަދޫ، ފޭދޫ އަދި ހުޅުދޫން ސިޓީ ހޮޓެލްގެ ގޮތުގައި ތަރައްޤީ  ކުރުމަށް 10،000 އަކަފޫޓާއި 7000 އަކަފޫޓުގެ ބިންތައް އަދި ގެސްޓްހައުސްގެ ގޮތުގައި ތަރައްޤީ ކުރުމަށް 5000 އަކަފޫޓާއި، 3000 އަކަފޫޓޫ އަދި 2400 އަކަފޫޓޫގެ ބިންތައް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީދޫންވެސް ގެސްޓް ހައުސްގެ ގޮތުގައި ތަރައްޤީކުރުމަށް 3000 އަކަފޫޓުގެ ބިންތައް ފިޔަވައި އެހެން ކެޓަގަރީތަކުން ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މަރަދޫން ދޫކުރުމަށް ހަމަޖެހިފައވަނީ އެއް ބިމެވެ. އެއީ ސިޓީ ހޮޓެލެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް 10،0000 އަކަފޫޓުގެ އެއް ބިމެވެ.

ގެސްޓް ހައުސް ބިޑް ޑޮކިއުމަންޓް

ސިޓީ ހޮޓެލް ބިޑް ޑޮކިއުމަންޓް

ގެސްޓް ހައުސް ޓޫރިޒަމް ޒޯން އެނެކްސް

ސިޓީ ހޮޓެލް ޓޫރިޒަމް ޒޯން އެނެކްސް

ޓޫރިޒަމް ޒޯން ލޮކޭޝަން މެޕްސް

އިންފޮމޭޝަން ބުކްލެޓް