އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (79-08)

14 އޮކްޓޯބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/79-08

ޖަލްސާ: 2026 ވަނަ އަހަރުގެ 29 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 21 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 14 އޮކްޓޯބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމެޓީއިން ހުށަހަޅާފައިވާ މައްސަލަ

ސމަރަދޫ "ޕިންކްފްލާވަރ" ގޯއްޗަށް ވަދެނިކުމެވޭނެ މަގު ހެދުމާއި ގުޅޭގޮތުން ނިންމަވާފައިވާ ކައުންސިލުގެ ނަންބަރު:                                426-B(4)/2026/03-03 ނިންމުން، "ޕިންކްފްލާވަރ" އަދި "ހަބަރުމާގެ" ގޯތީގެ ވާރިސުންނަށް އަވަށުއޮފީހުގެ ފަރާތުން ހުށަހަޅުއްވާ، އެފަރާތްތަކުން އެއްބަސްވެފައިވާ ޗާޓާއި އެއްގޮތަށް މުރާޖަޢާކޮށްދިނުމަށާއި، މި ބަދަލާއި އެކު "ހަބަރުމާގެ" ގޯތިން އުނިވާ 993 އަކަފޫޓުގެ ބަދަލުގައި 1500 އަކަފޫޓުގެ ބިން ހަމަޖައްސައްދިނުމާއި މެދު ގޮތެއް ނިންމައިދިނުމަށް އެދި މަރަދޫ އަވަށުއޮފީހުގެ ނަންބަރު: (MEMO)426-3B/426/2026/1070 މެމޯ އިން ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅިގެން، މަރަދޫ އަވަށުއޮފީހުގެ ނަންބަރު: (MEMO)426-3B/426/2026/1070 މެމޯއާއި އެކު ހުށަހަޅުއްވާފައިވާ ޗާޓާއި އެއްގޮތްވާގޮތުގެ މަތިން "ޕިންކްފްލާވަރ" ގޯއްޗަށް ވަދެނިކުތުމަށް މަގު ހަދައިދިނުމަށް ފެންނަކަމަށާއި، މި މަގު ހެދުމާއި ގުޅިގެން "ހަބަރުމާގެ" އިން އުނިވާ 993 އަކަފޫޓު ގެ ބަދަލުގައި އަވަށުއޮފީހުގެ ފަރާތުން ހުށަހަޅުއްވާ، "ހަބަރުމާގެ" ވާރިސުންގެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް 1500 އަކަފޫޓުގެ ބިން ބަދަލުގައި ހަމަޖައްސައިދިނުމަށާއި މި ބިން، މަރަދޫ އިން އަލަށް ބިން ހިއްކާފައިވާ ސަރަޙައްދުން ލޭންޑް ޔޫޒް ޕްލޭނާއި އެއްގޮތްވާގޮތުގެ މަތިން ހަމަޖައްސައިދިނުމަށް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ. 

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ތާއީދު ކުރެއްވި: ކައުންސިލަރ، އަޤީލް މުޙައްމަދު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:01  

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/79-08

ތާރީޚް: 14 އޮކްޓޯބަރ 2026