އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްއިދާރާގައި ބޭނުންކޮށް ހަލާކުވެފައިވާ ތަކެތި ނޫރާނީސްކޫލް އިން ހޯދުމަށް އެދިލައްވާފައިވާތީ، އެތަކެތި ނޫރާނީ ސްކޫލަށް ދޫކުރުމާ ގުޅޫ

14 އޮކްޓޯބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/80

ޖަލްސާ: 2026 ވަނަ އަހަރުގެ 29 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 21 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 14 އޮކްޓޯބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ކައުންސިލްއިދާރާގައި ބޭނުންކޮށް ހަލާކުވެފައިވާ ތަކެތި ނޫރާނީސްކޫލް އިން ބޭނުންވެގެން ހޯދުމަށް އެދިލައްވާފައިވާތީ، އެތަކެތި ނޫރާނީ ސްކޫލަށް ދޫކުރުމަށް ކައުންސިލުން  ފާސްކޮށްދެއްވުމަށް

މައްސަލަ ހުށަހެޅި ފަރާތް: ޖެނެރަލް އެޑްމިނިސްޓްރޭޝަން ޔުނިޓް

ނިންމުން

މައްސަލަ ނިމުނު ގޮތް:

 

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ނޫރާނީ ސްކޫލްގެ ކެޑޭޓް ކޯ އިން ބޭނުންވެގެން ހޯދުމަށް އެދިލައްވާފައިވާ ތަކެތި، މާލިއްޔަތާއި ޤަވާއިދާއި އެއްގޮތަށް ކުރަންޖެހޭ ކަންތައް ފުރިހަމަ ކުރެއްވުމަށްފަހު ތަކެތި ދޫކުރުމަށް  ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.      

 

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ހުސައިން ޒަރީރު

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00 

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/80

ތާރީޚް: 14 އޮކްޓޯބަރ 2026