އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (79-09)

14 އޮކްޓޯބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/79-09

ޖަލްސާ: 2026 ވަނަ އަހަރުގެ 29 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 21 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 14 އޮކްޓޯބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމެޓީއިން ހުށަހަޅާފައިވާ މައްސަލަ

ސ.މަރަދޫފޭދޫ ކޮމިއުނިޓީ ސެންޓަރުގެ ޖާގަ ބޮޑުކުރުމުގެ ބޭނުމުގައި ނެގޭ، ސ.މަރަދޫފޭދޫ "ފުންވިލު" ގޯތީގެ ބަދަލުގައި އެހެން ސަރަޙައްދަކުން ބިމެއް ހަމަޖައްސައިދިނުމަށް މަރަދޫފޭދޫ އަވަށުއޮފީހުގެ ނަންބަރު: (MEMO)426/426/2026/1937 މެމޯ އިން ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅިގެން،"ފުންވިލު" ގޯތީގެ ވެރިފަރާތުން (ސ.މަރަދޫފޭދޫ،ލިލީމާގެ ޢަބްދުﷲ ނަބީލް) އަލުން ހުށަހަޅުއްވާފައިވާ އިޤުރާރުގައި ވާފައިދައިން މަރަދޫފޭދޫ ކޮމިއުނިޓީ ސެންޓަރު ގެ ޖާގަ ބޮޑުކުރުމުގެ ބޭނުމުގައި ނެގޭ އެފަރާތުގެ 5000.42 އަކަފޫޓުގެ ގޯތީގެ ބަދަލުގައި،އަދި އެ ބިމުގައި ކޮށްފައިވާ މަސައްކަތުގެ ބަދަލުގައި 1098.99 އަކަފޫޓުގެ ބިން އިތުރުކޮށް، ޖުމްލަ 6099.41 އަކަފޫޓުގެ ބިން މަރަދޫފޭދޫ އިން އަލަށް ބިން ހިއްކާފައިވާ ސަރަޙައްދުން، މަރަދޫފޭދޫ އަވަށުއޮފީހުގެ ނަންބަރު: (MEMO)426/426/2026/1937 މެމޯ އާއިއެކު ހިއްސާކުރައްވާފައިވާ ޗާޓުގައިވާ ގޮތުގެ މަތިން ހަމަޖައްސައިދިނުމަށް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ. 

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ތާއީދު ކުރެއްވި: ކައުންސިލަރ، އަޤީލް މުޙައްމަދު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:01  

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/79-09

ތާރީޚް: 14 އޮކްޓޯބަރ 2026