އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލްގެ ހިންގާ ޤަވާޢިދު އިޞްލާޙުކޮށް އަލުން އެކުލަވާލުން

29 އެޕްރީލް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ކައުންސިލްގެ ހިންގާ ޤަވާޢިދު އިޞްލާޙުކޮށް އަލުން އެކުލަވާލުން 

މައްސަލަ ހުށަހެޅި ފަރާތް: ޢާއްމު ކޮމިޓީ 

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މައްސަލައާއި އެކު ހުށަހެޅިފައިވާ އައްޑޫ ސިޓީ ކައުންސިލްގެ ހިންގާ ޤަވާޢިދަކީ ޢާއްމު ކޮމިޓީގެ މަސައްކަތު މަރުހަލާގައި، މި ޤަވާއިދު އިޞްލާޙުކުރުމުގެ މަސައްކަތަށް އައްޑޫސިޓީ ކައުންސިލް މެމްބަރުންގެ ފުރިހަމަ ބައިވެރިވުން ހިއްސާކުރެވި، ހުށަހެޅިފައިވާ އިޞްލާޙުތައް ދިރާސާކޮށް ލިޔެ ތައްޔާރުކުރެވިފައިވާ ޤަވާއިދެއް ކަމުން، މިޤަވާއިދުގެ ޑްރާފްޓާއި އެއްގޮތަށް "އައްޑޫސިޓީ ކައުންސިލްގެ ހިންގާ ޤަވާޢިދު" ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/78

ތާރީޚް: 29 އެޕްރީލް 2021