ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 84 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ ލަފާ ދީފައިވާ މައްސަލަ އާއި ގުޅޭ (24-05)
ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(11)/2025/24-05
ބޭއްވުނު ތާރީޚް: 09 އޭޕްރިލް 2025
ޖަލްސާ:2025 ވަނަ އަހަރުގެ 11 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 181 ވަނަ ޖަލްސާ)
މައްސަލަ
ހުށަހެޅުނު މައްސަލަ:
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 84 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ
ނިންމުން
މައްސަލަ ނިމުނުގޮތް:
" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު" ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 84 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަ ކޮމިޓީއިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ތާއީދު ކުރެއްވި: ކައުންސިލަރ، އަހުމަދު ނާދިރު
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޙްމަދު ސަޢީދު
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ
އެމެކްސް ޕްރައިވެޓް ލިމިޓެޑް އަށް ކައުންސިލުން އެއްބަސްވުން ނަމްބަރއިން (AGR)429-AB/INDIV/2020/66 ދޫކޮށްފައިވާ ބިމަށް ކުލި ނުދެއްކުމުގެ ސަބަބުން މި އިދާރާގެ ނަމްބަރ 2024/577 އިން ފޮނުވި ސިޓީގެ ޖަވާބުގައި އެފަރާތުން 06 މަސްދުވަހަށް ބަހައިގެން ކުލި ދެއްކޭނެ ގޮތެއް ހަދައި ދިނުމަށް އެދިފައިވާ މައްސަލަ އާއި ގުޅިގެން ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމެޓީއިން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ވޯޓް ދެއްވި ގޮތް
ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް
ނުފެންނަކަމަށް: 00 ވޯޓް.
ފެންނަކަމަށް: 09 ވޯޓް
ވޯޓުގައި ބައިވެރިވި: 09 ވޯޓް
