ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 91 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (84-02)
ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2025/84-02
ބޭއްވުނު ތާރީޚް: 06 އޮގަސްޓް 2025
ޖަލްސާ:2025 ވަނަ އަހަރުގެ 27 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 197 ވަނަ ޖަލްސާ)
މައްސަލަ
ހުށަހެޅުނު މައްސަލަ:
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 91 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ
ނިންމުން
މައްސަލަ ނިމުނުގޮތް:
" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު" ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 91 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ހަތަރު ވަނައަށް ހުށަހެޅިފައިވާ މައްސަލަ މުރާޖާކުރުމަށް އުނިކުރުމަށްފަހު، ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަތައް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ތާއީދު ކުރެއްވި: ކައުންސިލަރ، މުޙައްމަދު ފައިޞަލް
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އާމިނަތު ސާލިހާ
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ
ދިރާގުން ދެމުންދާ މުވާޞަލާތީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެންޓެނާ ޕޯސްޓް ޖެހުމަށް، ތަކުރުފާނު މިސްކިތާއި ކައިރި ސަރަހައްދުން ބިން ހަމަޖައްސައިދިނުމާއި މެދު، ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމެޓީއިން ނިންމަވާފާއިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ވޯޓް ދެއްވި ގޮތް
ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް
ނުފެންނަކަމަށް: 00 ވޯޓް.
ފެންނަކަމަށް:07 ވޯޓް
ވޯޓުގައި ބައިވެރިވި: 07 ވޯޓް
