އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލުން ދޭ އެކި ޚިދުމަތްތަކުން ފީ ނެގުމާއި ގުޅޭ

27 އޯގަސްޓް 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/96

ބޭއްވުނު ތާރީޚް: 27 އޮގަސްޓް 2025

ޖަލްސާ:2025 ވަނަ އަހަރުގެ 30 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 200 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލުން ދޭ އެކި ޚިދުމަތްތަކުން ފީ ނެގުމާއި ގުޅޭ.

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ، މުޙައްމަދު ފައިސަލް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ފޭދޫ އަވަށު އޮފީހުން ހުށަހަޅާފައިވާ މައްސަލައަކީ ޤާނޫނު ނަންބަރު (23/2022)" އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާއި ބެހޭ ޤާނޫނު" ގެ 18 ވަނަ މާއްދާގައި ފުރަތަމަ ފަހަރަށް އުފަންދުވަހުގެ ސެޓްފިކެޓް ހެދުމަށް ފީ އެއް ނަގައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާތީ މިގޮތަށް އިދާރީ ގޮތުން ކުރިއަށް ގެންދިއުމަށާ، ދެން ނެގުމަށް ހަމަޖެހިފައިވާ ފީ ކަނޑައެޅުމަށް އާންމު ކޮމެޓީއަށް ހުށަހަޅައިގެން ކުރިޔަށް ގެންދިޔުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ޙުސައިން ޒަރީރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، މުޙައްމަދު ފައިސަލް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10  ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/96

ތާރީޚް: 27 އޯގަސްޓް 2025