އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްއާއި ސަންވިލް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު، މީދޫ ޓޫރިޒަމް ޒޯންގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްޤީ ކުރުމަށް ވެވުނު އެއްބަސްވުމާ ގުޅޭ

3 ސެޕްޓެމްބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/98

ބޭއްވުނު ތާރީޚް: 03  ސެޕްޓެމްބަރ 2025

ޖަލްސާ:2025 ވަނަ އަހަރުގެ 31 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 201 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ކައުންސިލްއާއި ސަންވިލް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު، މީދޫ ޓޫރިޒަމް ޒޯންގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްޤީ ކުރުމަށް 16 އޭޕްރިލް 2025 ދުވަހު ވެވުނު ނަންބަރު: (AGR)426-AB/PRIV/2025/43 އެއްބަސްވުމުގެ ދަށުން، ދޫކުރެވިފައިވާ 6101.903 (ހަހާސް އެއްސަތޭކަ އެކެއް ޕޮއިންޓް ނުވައެއް ސުމެއް ތިނެއް) އަކަމީޓަރުގެ، F3 ޕްލޮޓްގެ ޗާޓް އިސްލާޙް ކުރުމަށް މީދޫ އަވަށު އޮފީހުން ހުށަހަޅާފައިވުމާއި ގުޅިގެން، އެ އޮފީހުން ހުށަހަޅާފައިވާ އިސްލާޙް އާއި އެއްގޮތަށް،  F3 ޕްލޮޓްގެ ޗާޓް އިސްލާޙްކޮށް ފާސް ކުރުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " އައްޑޫ ސިޓީ ކައުންސިލްއާއި ސަންވިލް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު، މީދޫ ޓޫރިޒަމް ޒޯންގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްޤީ ކުރުމަށް 16 އޭޕްރިލް 2025 ދުވަހު ވެވުނު ނަންބަރު: (AGR)426-AB/PRIV/2025/43 އެއްބަސްވުމުގެ ދަށުން، ދޫކުރެވިފައިވާ 6101.903 (ހަހާސް އެއްސަތޭކަ އެކެއް ޕޮއިންޓް ނުވައެއް ސުމެއް ތިނެއް) އަކަމީޓަރުގެ، F3 ޕްލޮޓްގެ ޗާޓް އިސްލާޙް ކުރުމަށް މީދޫ އަވަށު އޮފީހުން ހުށަހަޅާފައިވުމާއި ގުޅިގެން ކައުންސުލުން  F3 ޕްލޮޓްގެ ޗާޓް އިސްލާޙްކޮށް ފާސް ކުރުމަށް ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓުން ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ހުސެއިން ފައިޒުއް ރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:02 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 08  ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/98

ތާރީޚް: 3 ސެޕްޓެމްބަރ 2025