އައްޑޫ ސިޓީ ކައުންސިލްގެ ރަސްމީ ވެބްސައިޓްADDU CITY COUNCIL
އައްޑޫ ސިޓީ ކައުންސިލްAddu City Council
ނިންމުން
ނިންމުން

އައްޑޫ ސިޓީ ކައުންސިލްގެ 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރުމަށް ހުށަހަޅާ މައްސަލަ

އައްޑޫ ސިޓީ ކައުންސިލްގެ 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރުމަށް ހުށަހަޅާ މައްސަލަ

ކައުންސިލްގެ ނިންމުން

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ކައުންސިލްގެ 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  ބަޖެޓް އެންޑް ފައިނޭންސް ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ހުޅުދޫމީދޫ މުވައްޒަފުންގެ މުސާރަ އަދި ރިކަރަންޓް ޚަރަދު ފިޔަވައި އެހެން ޚަރަދު ނުކުރުމަށާއި، 2026 ވަނަ އަހަރު ދައުލަތުގެ ބަޖެޓުގައި ހުޅުދޫ އަދި މީދޫ އަށް ކަނޑައެޅިފައިވާ ބްލޮކް ގްރާންޓް އިން ކޮންމެ މަހަކަށް ޖެހޭ އަދަދު ކައުންސިލަށް ހޯދުމަށާއި، މިބަދަލާއިއެކު އެއްކަރުދާސް ކުރެވިފައިވާ ބަޖެޓު ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް