ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 103 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (02-05)
ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2026/02-05
ބޭއްވުނު ތާރީޚް: 07 ޖަނަވަރީ 2026
ޖަލްސާ: 2026 ވަނަ އަހަރުގެ 01 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 219 ވަނަ ޖަލްސާ)
މައްސަލަ
ހުށަހެޅުނު މައްސަލަ:
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 103 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި.
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ
ނިންމުން
މައްސަލަ ނިމުނުގޮތް:
" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 103 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުންތަކުގެ ތެރެއިން ހައެއް، ހަތެއް އަދި އަށްވަނައަށް ހުށަހަޅާފައިވާ ނިންމުންތައް ފިޔަވައި ދެންހުރި ނިންމުންތައް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ތާއީދު ކުރެއްވި: ކައުންސިލަރ، މަރިޔަމް ސައީދާ
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ
ޑީ.ޓީ ކޮމްޕެނީ ޕވޓ ލޓޑ އަށް ނަންބަރު: (AGR)426-EA/PRIV/2015/5 އެއްބަސްވުމުން ދޫކުރެވިފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެ ކުންފުނި އިން އެދިފައިވާ މައްސަލަ، ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ނިންމަވާފާއިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ވޯޓް ދެއްވި ގޮތް
ބައިވެރިވެވަޑައިނުގަންނަވާ: 02 ވޯޓް
ނުފެންނަކަމަށް: 00 ވޯޓް.
ފެންނަކަމަށް:05 ވޯޓް
ވޯޓުގައި ބައިވެރިވި: 07 ވޯޓް
