އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ް އައްޑޫސިޓީގެ ރުއްޖެހެރަ ސަރަޙައްދުގައި ވަގުތީ ބީޗް ހެދުމަށް ކަނޑައެޅުނު ސަރަޙައްދު ރިވައިޒްކޮށް، ބީޗް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

25 ފެބުރުއަރީ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2026/22

ބޭއްވުނު ތާރީޚް: 25 ފެބްރުއަރީ 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 06 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 224 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫގައި ފަތުރުވެރިންނަށް ޚާއްސަ ބީޗްތަކެއް ނެތުމުގެ ސަބަބުން އައްޑޫސިޓީގެ ނަންބަރު 426-B(4)/2022/169 (12 އޮކްޓޯބަރ 2022) ނިންމުމުން ރުއްޖެހެރަ ސަރަޙައްދުގައި ވަގުތީ ބީޗް ހެދުމަށް ކަނޑައެޅުނު ސަރަޙައްދު ރިވައިޒްކޮށް، ބީޗް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

  މައްސަލަ ހުށަހެޅި ފަރާތް:  ސްޓްރެޓެޖިކް ޕްލޭނިން، ޓުއަރިޒަމް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓް

ނިންމުން

    މައްސަލަ ނިމުނުގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު "އައްޑޫގައި ފަތުރުވެރިންނަށް ޚާއްސަ ބީޗްތަކެއް ނެތުމުގެ ސަބަބުން އައްޑޫސިޓީގެ ނަންބަރު 426-B(4)/2022/169 (12 އޮކްޓޯބަރ 2022) ނިންމުމުން ރުއްޖެހެރަ ސަރަޙައްދުގައި ވަގުތީ ބީޗް ހެދުމަށް ކަނޑައެޅުނު ސަރަޙައްދު ފަތުރުވެރިންނަށް ޚާއްސަ ބީޗެއްކަމަށް ކަނޑައަޅައި، ދައުލަތުގެ ޕްރޮކިއުމެންޓް އުސޫލުތަކާ އެއްގޮތަށް ބީޗް ބަލަހައްޓާނެ ފަރާތެއް ހޯދުމަށްޓަކައި އިއުލާންކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުހައްމަދު ޝުޢާއު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ހުސައިން ޒަރީރު

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2026/22

ތާރީޚް: 25 ފެބުރުއަރީ 2026