އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ނޭޗާރ ޕާރކް އަދި އެހެނިހެން ޕްރޮޓެކްޓް ސައިޓްތަކުގެ ޙިދުމަތްތަކުގެ އަގުތަކާ ގުޅޭ

4 މާރޗް 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2026/23

ބޭއްވުނު ތާރީޚް: 04 މާރިޗް 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 07 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 225 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

17 ޑިސެމްބަރ 2024 ގައި ބޭއްވުނު ބަޔޮސްފިއަރ ރިޒާރވް ބައްދަލުވުމުގައާއި، 10 މާރިޗް 2025 ގައި ބޭއްވުނު އައްޑޫ ކޮންޒަވޭޝަން ޓްރަސްޓް ފަންޑް ބޯޑު ބައްދަލުވުމުގައި އައްޑޫ ސިޓީ އީދިގަލި ކިޅިއާއި ކޯއްޓޭ ސަރަހައްދު ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ މެނޭޖްމެންޓް ޕްލޭންގެ ދަށުން އައްޑޫ ނޭޗާރ ޕާރކް އަދި އެހެނިހެން ޕްރޮޓެކްޓް ސައިޓްތަކުގެ ޙިދުމަތްތަކުގެ އަގުތައް ބަދަލު ގެންނަން ފާސްކުރެވި މިނިސްޓްރީގެ އެޕްރޫވަލް ހޯދުމަށް ފޮނުވާފައިވީނަމަވެސް މިކަމާއި ގުޅިގެން އެއްވެސް ޖަވާބެއް ދެއްވާފައި ނުވާތީ، ފާސްކުރެވުނު އަގުތައް ނެގުމާއިމެދު ކައުންސިލުން ގޮތެއް ނިންމެވުމަށް

  މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް އެންޑް، އެންވަޔަރޮމެންޓް އެންޑް ހައުސިންގ ސެކްޝަން/ އައްޑޫ ނޭޗާރ ޕާރކް

ނިންމުން

    މައްސަލަ ނިމުނުގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު "މެނޭޖްމެންޓް ޕްލޭން އަށް ގެނައި ބަދަލުތައް ހުށަހަޅާފައިވާ ގޮތައް ފާސްކޮށް ރައްޔިތުންގެ ހިޔާލު ހޯދައިގެން ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ހުސައިން ޒަރީރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަހުމަދު ނާދިރު

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 03 ވޯޓް  

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2026/23

ތާރީޚް: 4 މާރޗް 2026