ހިތަދޫއިން އަލަށް ގޯތި ދޫކުރި ހިއްކި ސަރަޙައްދުގެ ތެރެއިން ނަން ނުދެވި ހުރި މަގުތަކަށް ނަން ދިނުމަށް ކައުންސިލުން ގޮތެއް ނިންމަވައިދެއްވުން އެދި
ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2026/29
ބޭއްވުނު ތާރީޚް: 01 އެޕްރީލް 2026
ޖަލްސާ: 2026 ވަނަ އަހަރުގެ 08 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 226 ވަނަ ޖަލްސާ)
މައްސަލަ
ހުށަހެޅުނު މައްސަލަ:
ހިތަދޫއިން އަލަށް ގޯތި ދޫކުރި ހިއްކި ސަރަޙައްދުގެ ތެރެއިން ނަން ނުދެވި ހުރި މަގުތަކަށް ނަން ދިނުމަށް ކައުންސިލުން ގޮތެއް ނިންމަވައިދެއްވުން އެދި(.)
މައްސަލަ ހުށަހެޅި ފަރާތް: ހިތަދޫ އަވަށު އޮފީސް
ނިންމުން
މައްސަލަ ނިމުނުގޮތް:
"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު "ހިތަދޫ ހިއްކި ބިމުން އަލަށް ގޯތި ދޫކުރެވުނު ސަރަހައްދުގެ މަގުތަކުގެ ތެރެއިން ނަން ދެވިފައި ނުވާ 2 މަގުން އެއްމަގަށް ޞާލިހް އަލިދީދީ މަގު، އަނެއް މަގަށް ހުރަވީ މަގުގެ ނަމުން ނަން ދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހިމް ޝިނާޒް
ވޯޓް ދެއްވި ގޮތް
ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް
ނުފެންނަކަމަށް: 00 ވޯޓް.
ފެންނަކަމަށް: 09 ވޯޓް
ވޯޓުގައި ބައިވެރިވި: 09 ވޯޓް
