ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/79-02 |
||||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 29 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 21 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 14 އޮކްޓޯބަރ 2026 |
|||
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި. |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމެޓީއިން ހުށަހަޅާފައިވާ މައްސަލަ ސ.މަރަދޫ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތް ޤާއިމްކުރުމަށް ދިގުމިނުން 200 ފޫޓު، އަދި ފުޅާމިނުން 200 ފޫޓަށްވުރެ ކުޑަނޫން ބިމެއް ހަމަޖައްސައި ދިނުމަށް ޞިއްޙީ ވުޒާރާގެ ނަންބަރު: 23-IDM/426/2025/1 ސިޓީ އިން އެދިފައިވާ މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ޗާޓަކީ މަރަދޫގެ އެލް.ޔޫ.ޕީ އާއި އެއްގޮތްވާގޮތުގެ މަތިން ފޮނުވިފައިވާ ޗާޓެއްކަމަށް މަރަދޫގެ ކައުންސިލަރ ފާހަގަކުރައްވާފައިވާ ފާހަގަކުރެއްވުމަށް ރިޢާޔަތްކުރައްވާ، މަރަދޫ އަވަށުއޮފީހުގެ ނަންބަރު: (MEMO)426-3B/426/2026/1070 މެމޯއާއި އެކު ހިއްސާކުރައްވާފައިވާ ޗާޓާއި އެއްގޮތްވާގޮތުގެ މަތިން 41000 އަކަފޫޓުގެ ބިން މަރަދޫ ޞިއްޙީ މަރުކަޒު ޤާއިމްކުރުމުގެ ބޭނުމަށް ހަމަޖައްސައިދިނުމަށް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް |
ތާއީދު ކުރެއްވި: ކައުންސިލަރ، އަޤީލް މުޙައްމަދު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ފެންނަކަމަށް: 07 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ:01 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

