އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (79-04)

14 އޮކްޓޯބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/79-04

ޖަލްސާ: 2026 ވަނަ އަހަރުގެ 29 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 21 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 14 އޮކްޓޯބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމެޓީއިން ހުށަހަޅާފައިވާ މައްސަލަ

ސ.މަރަދޫ،ފިފްޓީފްލާވަރ އަލްމަރުޙޫމް ޢަލީ މުރުތަޟާ އަށް އޮޑިހަރުގެ އެޅުމަށްޓަކައި ނަންބަރު: (AGR)426/INDIV/2024/116 އެއްބަސްވުމުން ދޫކުރެވިފައިވާ ބިމަށް އަރާފައިވާ ޖޫރިމަނާ މަޢާފުކޮށްދިނުމަށާއި، މި ބިމުގެ މުއްދަތު އިތުރުކޮށްދިނުމަށް އަދި މި ބިމުގެ ވެރިފަރާތް ބަދަލުކޮށްދިނުމަށް އެދި މަރުޙޫމުގެ ދަރިފުޅު، ސ.މަރަދޫ،ފިފްޓީފްލާވަރ މުޙައްމަދު މާއިޝް އެދިފައިވާ މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ބިން ދޫކުރެވިފައިވާ ފަރާތް(ސ.މަރަދޫ،ފިފްޓީފްލާވަރ އަލްމަރުޙޫމް ޢަލީ މުރުތަޟާ) ނިޔައުވުމާއި ބިމުގައި މަސައްކަތް ކުރިޔަށް ގެންދިޔުމުގައި ދިމާވެފައިވާ ދަތިތަކަކީ ޤަބޫލުކުރެވޭ ފަދަ ދަތިތައް ކަމުގައިވާތީ މި ޙާލަތްތަކަށް ރިޢާޔަތްކުރުމާއިއެކު، މިތަނުގައި ކުރަމުންދަނީ އައްޑޫގެ ރައްޔިތުންނަށް ބޭނުންތެރި މުހިއްމު މަސައްކަތެއް ކަމުގައި ދެކޭތީ އާއި، މި ބިމަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްފަހަރާ ދައްކާފައިވާތީ، ކުލީ ބިންތަކަށް ލުއި ދިނުމުގެ އުޞޫލުގެ ދަށުން މި ބިމަށް އަރާފައިވާ ޖޫރިމަނާގެ ފައިސާ މަޢާފުކޮށްދިނުމަށް ފެންނަކަމަށާއި، ކުރިން ފާހަގަކުރެވުނު ޙާލަތްތަކަށް ރިޢާޔަތްކުރުމަށްފަހު މިއީ އިސްތިސްނާ ޙާލަތެއް ކަމުގައި ބަލައި، އަކަފޫޓަކަށް 1.00ރ. (އެއްރުފިޔާ) ގެ ރޭޓުން ކުލި ނަގާގޮތަށް އިތުރު 1 އަހަރު ދުވަހުގެ މުއްދަތަށް އައު އެއްބަސްވުމެއް، މަރުޙޫމު ޢަލީ މުރުތަޟާ ގެ ފ.ދަރި ސ.މަރަދޫ/ފިފްޓީފްލާވަރ މުޙައްމަދު މާއިޝް ޢަލީ ގެ ނަމުގައި ހެދުމަށް ފެންނަކަމަށާއި،މި މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިމޭ ޙާލަތުގައި ކައުންސިލުގެ ނަންބަރު: 426-B(4)/2024/078 ނިންމުމުން ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން އިތުރުކުރެވޭ މުއްދަތަށް އަކަފޫޓަކަށް 5.00ރ. (ފަސް ރުފިޔާ) ގެ ރޭޓުން ކުލި ނެގުމަށް ފެންނަކަމަށް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ. 

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ތާއީދު ކުރެއްވި: ކައުންސިލަރ، އަޤީލް މުޙައްމަދު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:01  

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 26-B(5)/2026/79-04

ތާރީޚް: 14 އޮކްޓޯބަރ 2026