އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (79-05)

14 އޮކްޓޯބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/79-05

ޖަލްސާ: 2026 ވަނަ އަހަރުގެ 29 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 21 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 14 އޮކްޓޯބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމެޓީއިން ހުށަހަޅާފައިވާ މައްސަލަ

ސ.މަރަދޫ ބަނދަރު ސަރަޙައްދުން އައިލެންޑް ހޮޕާސް ލލޕ އަށް ނަންބަރު: (AGR)426-3B/PRIV/2025/251 އެއްބަސްވުމުން ދޫކުރެވިފައިވާ ބިމާއި އަދި ސ.މަރަދޫ،ސްޓްރޯބެރީގެ ޙުސައިން ޒިޔާދު އަށް ނަންބަރު:  (AGR)426-3B/INDIV/2026/157  އެއްބަސްވުމުން ދޫކުރެވިފައިވާ ބިމާއި ގުޅިގެން ފާހަގަކުރެވިފައިވާ މައްސަލަތަކާއި މެދު ގޮތެއް ނިންމައިދިނުމަށް އެދި މަރަދޫ އަވަށުއޮފީހުގެ ނަންބަރު: (MEMO)426/426/2026/1927 މެމޯ އިން ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅިގެން،  ގާޑިޔާގެ އުޞޫލު ފާސްކުރެވުމުން ކޮންމެ އަވަށަކުންވެސް އެ އަވަށެއްގައި ގާޑިޔާ ބެހެއްޓުމަށް ވަކި ތަންތަން ކަނޑައެޅުމަށް ނިންމާފައިވާތީ، ސ.މަރަދޫ،ސްޓްރޯބެރީގެ ޙުސައިން ޒިޔާދު އަށް ބިން ދޫކޮށް ވެފައިވާ ނަންބަރު: (AGR)426-3B/INDIV/2026/157 އެއްބަސްވުން ބާޠިލުކުރުމަށާއި އެކަން އެފަރާތަށް އަންގައި، ގާޑިޔާ ބެހެއްޓުމަށް ތަން ތަން ކަނޑައެޅުމަށްފަހު އިޢުލާން ކުރުމުން އެފަރާތަށްވެސް ފުރުޞަތު އޮންނާނެ ކަމަށް އެންގުމަށް ފެންނަކަމަށާއި،  އައިލެންޑް ހޮޕާސް ލލޕ އަށް ބިން ދޫކޮށް ވެފައިވާ ނަންބަރު: (AGR)426-3B/PRIV/2025/251 އެއްބަސްވުމުގައިވާ މުއްދަތުގެ ނިޔަލަށް އެއްބަސްވުން ދެމެހެއްޓުމަށާއި، އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު ބިމުގެ މުއްދަތު އިތުރުކުރެވެން ނެތް ކަމާއި މި ބިން އިޢުލާނު ކުރުމަށް ކައުންސިލުން ނިންމާފައިވާކަން އެފަރާތަށް އެންގުމަށް ފެންނަކަމަށާއި، މި ބިމުގެ މުއްދަތު ހަމަވުމުން ވީހާވެސް އަވަހަށް ބިން އިޢުލާން ކުރުމަށް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ. 

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ތާއީދު ކުރެއްވި: ކައުންސިލަރ، އަޤީލް މުޙައްމަދު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:01  

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/79-05

ތާރީޚް: 14 އޮކްޓޯބަރ 2026