ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/79-06 |
||||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 29 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 21 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 14 އޮކްޓޯބަރ 2026 |
|||
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި. |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމެޓީއިން ހުށަހަޅާފައިވާ މައްސަލަ ސ.ހިތަދޫ،ސްލީޓް މުޙައްމަދު ޙަމީދު އަށް ނަންބަރު: (AGR)138-LDS4/INDIV/2016/379 އެއްބަސްވުމުން ދޫކުރެވިފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެފަރާތުން އެދިފައިވާ މައްސަލައާއި ގުޅިގެން، ނަންބަރު: (AGR)138-LDS4/INDIV/2016/379 އެއްބަސްވުމުގެ ދަށުން މިފަރާތުން ދައްކަންޖެހޭ ކުލި އާއި ޖޫރިމަނާގެ ފައިސާ ދެއްކުމުން، ކައުންސިލުގެ އުޞޫލާއި އެއްގޮތަށް ކުލި ރިވިއުކުރުމަށްފަހު މިފަރާތުން އެދިފައިވާގޮތަށް 20 އަހަރު ދުވަހަށް ބިމުގެ މުއްދަތު އިތުރުކޮށްދިނުމަށް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ.
|
||||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް |
ތާއީދު ކުރެއްވި: ކައުންސިލަރ، އަޤީލް މުޙައްމަދު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ފެންނަކަމަށް: 07 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ:01 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

