މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ވޮލީ ބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ އަތޮޅު އަދި ޒޯން މުބާރާތް ހޯސްޓުކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް އެދި |
||||
މައްސަލަ ހުށަހެޅި ފަރާތް: ސިއްޙަތާއި މުޖުތަމަޢު ކޮމިޓީ |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "ސިއްޙަތާއި މުޖުތަމަޢު ކޮމިޓީން ހުށަހަޅާފައިވާ ގޮތަށް، ވޮލީ ބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ އަތޮޅު އަދި ޒޯން މުބާރާތަކީ ވަރަށް ބޮޑެތި ޚަރަދުތައް ހިނގާނެ މުބާރާތަކަށްވުމުން، އައްޑޫ ސިޓީ ކައުންސިލަށް މިކަމަށް ޚަރަދު ކުރާނެ ބަޖެޓެއް ނުލިބި، މިފަދަ ބޮޑު މުބާރާތެއް ކުރިއަށް ގެންދެވިދާނެ ކަމުގެ ޔަޤީންކަމެއް ނެތުމުން، މިމުބާރާތް އައްޑޫ ސިޓީ ކައުންސިލުން ހޯސްޓުކުރުމަށް ނުފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ތާއީދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވީ: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 02 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ވޮލީ ބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ އަތޮޅު އަދި ޒޯން މުބާރާތް ހޯސްޓުކުރުމަށް