މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: 2018ވަނަ އަހަރުގެ ކައުންސިލްގެ ނަންބަރު: 426-AA(3)/2018/217 ނިންމުމުން އުފައްދާފައިވާ މުނިސިޕަލް އޮފީސްތައް އުވާލާ، އެ އޮފީސްތަކުން ކުރަމުން ގެންދިޔަ މަސައްކަތް އަވަށު އޮފީސްތަކުން ކުރާގޮތަށް ހަމަޖެއްސުމާއި އަދި މުނިސިޕަލް އޮފީސްތަކުގައި މަސައްކަތްކުރަން ތިބި މުވައްޒަފުން އަވަށު އޮފީސްތަކަށް ބަދަލުކުރުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، އިބްރާހީމް ޝުކުރީ |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "އައްޑޫ ސިޓީގައި މުނިސިޕަލް ޚިދުމަތް ދިނުމަށް 3 އޮފީސް ޤާއިމްކުރުމުގެ ގޮތުން މުނިސިޕަލް ސަރވިސް 3 އޮފީސް އުފައްދަވާ، ކައުންސިލުން ނިންމަވާފައިވާ ނަންބަރު: 426-AA(3)/2018/217 ނިންމުން ބާޠިލްކޮށް އެ ތިން އޮފީސް އުވާލުމަށާއި، އެ އޮފީސްތަކުން ކުރަމުން ގެންދިޔަ މަސައްކަތް އަވަށު އޮފީސްތަކުން ކުރާގޮތަށް ހަމަޖެއްސުމާއި އަދި މުނިސިޕަލް އޮފީސްތަކުގައި މަސައްކަތް ކުރަމުންގެންދާ މުވައްޒަފުން އަވަށު އޮފީސްތަކަށް ބަދަލުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ތާއީދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވީ: ކައުންސިލަރ، ޙުސައިން ހިޔާޟް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ،އިބްރާހިމް ޝުކުރީ |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
މުނިސިޕަލް އޮފީސްތައް އުވާލާ މަސައްކަތް އަވަށު އޮފީސްތަކުން ކުރާގޮތަށް ހަމަޖެއްސުމާއި މުވައްޒަފުން ބަދަލުކުރުން