މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ޔުނިސެފް، އެމްއާރުސީ. މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި އައްޑޫސިޓީ ކައުންސިލްގެ އިދާރާ ގުޅިގެން އައްޑޫގައި ރަސްމީ ތަޢުލީމުގެ މަރުހަލާ ފުރިހަމަ ނުކުރެވި ތިބި 16 އަހަރާއި 22 އަހަރާއި ދެމެދުގެ ދަރިވަރުންނަށް ހިންގާ ޚާއްޞަ ޕްރޮގްރާމްގައި ދީނީ ތަރުބިއްޔަތު މޮޑިއުލް ނަންގަވައި ދެއްވާނެ ލެކްޗަރާއެއް ހަމަޖައްސަވައި ދެއްވުމާއެކު އުޖޫރަ ހަމަޖައްސަވައި ދެއްވުން. |
||||
މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލްސަރވިސް ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " ޔުނިސެފް، އެމްއާރުސީ. މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި އައްޑޫސިޓީ ކައުންސިލްގެ އިދާރާ ގުޅިގެން، އައްޑޫގައި ރަސްމީ ތަޢުލީމުގެ މަރުހަލާ ފުރިހަމަ ނުކުރެވިތިބި 16 އަހަރާއި 22 އަހަރާއި ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށްގެން، ހިންގުމަށް ރޭވިފައިވާ ޚާއްޞަ ޕްރޮގްރާމް ހިންގުމަށް، އައްޑޫގައި ޙަރަކާތްތެރިވާ ދީނީ ޖަމުޢިއްޔާއަކާއި ޙަވާލުކޮށްގެން ކުރިއަށްގެންދިއުމަށް ފެންނަކަމަށާއި، މި ޕްރޮގްރާމުގެ ދީނީ ތަރުބިއްޔަތު މޮޑިއުލް ގައި ހިމެނޭ 40 ގަޑި (ގަޑިއަކަށް 150.00ރުފިޔާގެ ރޭޓުން) ނަންގަވައިދެއްވާނެ ލެކްޗަރާގެ އުޖޫރަ ދިނުމަށް ބޭނުންވާ 6000.00ރުފިޔާ(ހަހާސް ރުފިޔާ) ޤަވާޢިދާއި އެއްގޮތަށް ކައުންސިލްގެ ބަޖެޓުން ޚަރަދުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
|
||||
ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ރަސްމީ ތަޢުލީމު ފުރިހަމަުނުވާ ދަރިވަރުންނަށް ހިންގާ ޕްރޮގްރާމްގައި ދީނީ ތަރުބިއްޔަތު މޮޑިއުލް ނަގާނެ ލެކްޗަރާއެއް ހަމަޖެއްސުން