އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫން ގޯތި ދޫކުރުމަށް ކުރެވުނު އިޢުލާނުގައި ބަޔާންކޮށްފައިވާ "ގޯތި ލިބޭ ގޮތުގެ" ތިންވަނަ ޕޮއިންޓަށް ރިޢާޔަތްކޮށް ބިން ދޫކުރުމާ ގުޅޭ

19 ނޮވެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މަރަދޫ އަވަށުން ގޯތި ދޫކުރުމަށް ކުރެވުނު އިޢުލާނުގައި ބަޔާންކުރެވިފައިވާ"ގޯތި ލިބޭ ގޮތުގެ"3ވަނަ ޕޮއިންޓަށް ރިއާޔަތްކޮށް ދިރިއުޅުމުގެ ޙާލަތަށްބަލައި ބިމުގެ މުހިއްމުކަން އެންމެ ބޮޑަށް ޖެހިފައިވާފަރާތަށް ބިން ދޫކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ، ފައިޞަލް އިބްރާހީމް  

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މިއިދާރާގެ ނަންބަރު : (IUL)426-AB/426/2019/264 އިޢުލާނާއި ގުޅިގެން މަރަދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ އިވެލުއޭޝަން ނިމި ޢާއްމު ކުރެވިފައިވާ ވަގުތީ ލިސްޓްގައިވާ ފަރާތްތަކަށް ގޯތި ޙަވާލުކުރުމުގެ މައްސަލައާއި ގުޅިގެން ހުށަހެޅިފައި ޝަކުވާތައް ދިރާސާކޮށް ބަލައި، ހުށަހެޅިފައިވާ މައްސަލާގައިވާ ގޮތަށް ދިރިއުޅުމުގެ ޙާލަތާއި ބިމުގެ ތަނަވަސްކަމަށް ރިއާޔަތްކޮށް، އެންމެ މަތިން ޕޮއިންޓް ލިބޭ 30 ފަރާތުގެ ދާއިމީ ލިސްޓް ޢާއްމު ކުރުމަށްފަހު ޤަވާޢިދާއި އެއްގޮތަށް މަރަދޫ އަވަށުން ގޯތި ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު    

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/137

ތާރީޚް: 19 ނޮވެމްބަރ 2020