އައްޑޫ ސިޓީ ކައުންސިލްގެ ރަސްމީ ވެބްސައިޓްADDU CITY COUNCIL
އައްޑޫ ސިޓީ ކައުންސިލްAddu City Council
ޤަރާރު
ޤަރާރު

ހިތަދޫ ބަނދަރު ސަރަޙައްދުން ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު އިޢުލާނުގެ ދަށުން ހުށަހެޅި ބީލަމުގެ އިވެލުއޭޝަން މަރުހަލާ ނިމިފައިވާތީ، އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތަށް ބިން އެވޯޑުކުރުމާމެދު ގޮތެއް ނިންމެވުން.

ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/82

ޖަލްސާ: 2026 ވަނަ އަހަރުގެ 30 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 22 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 21 އޮކްޓޯބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ކެފޭ / ރެސްޓޯރެންޓް ހިންގުން / ޢާންމު ވިޔަފާރި އަށް ހިތަދޫ ބަނދަރު ސަރަޙައްދުން 1 (އެކެއް) ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)426-AE/426/2026/306 އިޢުލާނުގެ ދަށުން ހުށަހެޅި ބީލަމުގެ އިވެލުއޭޝަން މަރުހަލާ ނިމިފައިވާތީ، އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތަށް ބިން އެވޯޑުކުރުމާމެދު ގޮތެއް ނިންމަވާ ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އިވެލުއޭޝަން ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީ ހިތަދޫއިން، ކެފޭ / ރެސްޓޯރެންޓް ހިންގުން އަދި ޢާންމު ވިޔަފާރި ކުރުމަށް 1 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު:  (IUL)426-AE/426/2026/306 އިޢުލާނުގެ ދަށުން، ކުލީ ބިން  KB-30އަށް، 24 ސެޕްޓެމްބަރު 2026 ގައި ހުށަހަޅާފައިވާ ބީލަންތަކުގެ އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތަށް ބީލަން އެވޯޑުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ޒަރީރު

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 10 ވޯޓް

ފެންނަކަމަށް: 10 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00