ސްރީ ލަންކާގެ ސިޓީއަކާއި އައްޑޫސިޓީ ކައުންސިލާއެކު ސިސްޓަރ ސިޓީ ޤާއިމުކުރުމާއި ގުޅޭ ގޮތުން ކައުންސިލުން ގޮތެއް ނިންމުމާ ގުޅޭ
ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(5)/2026/93
ޖަލްސާ: 2026 ވަނަ އަހަރުގެ 32 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 24 ވަނަ ޖަލްސާ)
ބޭއްވުނު ތާރީޚް: 05 ނޮވެމްބަރ 2026
މައްސަލަ
ހުށަހެޅުނު މައްސަލަ:
ސްރީ ލަންކާގެ ސިޓީއަކާއި އައްޑޫސިޓީ ކައުންސިލާއެކު ސިސްޓަރ ސިޓީ ޤާއިމުކުރުމާއި ގުޅޭ ގޮތުން ކައުންސިލުން ގޮތެއް ނިންމުމަށް އެދި
މައްސަލަ ހުށަހެޅި ފަރާތް: ބިއުރޯ ޔުނިޓް
ނިންމުން
މައްސަލަ ނިމުނު ގޮތް:
"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ސްރީ ލަންކާގެ ކޭންޑީ ސިޓީއާއި އައްޑޫސިޓީ ކައުންސިލާއެކު ސިސްޓަރ ސިޓީ ގުޅުން ޤާއިމުކުރުމަށް ހުށަހަޅާފައިވާ އެމް.އޯ.ޔޫ ފާސްކޮށްދެއްވުމަށާއި އެމް.އޯ.ޔޫ ގައި ސޮއިކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ޒަރީރު
ތާއީދު ކުރެއްވި: ކައުންސިލަރ، އިސްމާޢިލް ސަޢީދު
ވޯޓް ދެއްވި ގޮތް
ވޯޓުގައި ބައިވެރިވި: 07 ވޯޓް
ފެންނަކަމަށް: 07 ވޯޓް
ނުފެންނަކަމަށް: 00
ބައިވެރިވެވަޑައިނުގަންނަވާ:00
