އައްޑޫ ސިޓީ ކައުންސިލްގެ ރަސްމީ ވެބްސައިޓްADDU CITY COUNCIL
އައްޑޫ ސިޓީ ކައުންސިލްAddu City Council
ޤަރާރު
ޤަރާރު

އައްޑޫސިޓީގައި ގާއިމުކުރެވިފައިވާ "ހިފުޡް އިމްތިހާނުކުރާ ކޮމެޓީ" އަށް ދަސްކިޔައިދޭ ދަރިވަރުންނަށް ހިތްވަރުދެއްވުމުގެގޮތުން ފައިސާގެ އެހީތެރިކަމެއް ދެއްވުމަށް ކައުންސިލުން ނިންމަވާފައިވާ ނިންމެވުން މުރާޖަޢާކޮށް ދެއްވުން އެދި.

ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/95

ޖަލްސާ: 2026 ވަނަ އަހަރުގެ 32 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 24 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 05 ނޮވެމްބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީގައި ގާއިމުކުރެވިފައިވާ "ހިފުޡް އިމްތިހާނުކުރާ ކޮމެޓީ" އަށް ދަސްކިޔައިދޭ ދަރިވަރުންނަށް ހިތްވަރުދެއްވުމުގެގޮތުން ފައިސާގެ އެހީތެރިކަމެއް ދެއްވުމަށް ކައުންސިލުން ނިންމަވާފައިވާ ނިންމެވުން މުރާޖަޢާކޮށް ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު 

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " އައްޑޫސިޓީގައި ގާއިމުކުރެވިފައިވާ "ހިފުތް އިމްތިހާނުކުރާ ކޮމެޓީ" އަށް ދަސްކިޔައިދޭ ދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން ފައިސާގެ އިނާމާއި ހަނދާނީ ފިލާއެއް ދެއްވުމަށް 29 ޖޫން 2022ގައި ކައުންސިލުން ނިންމަވާފައިވާ ނަންބަރު  426-B(4)/2022/116ނިންމެވުން އަލުން މުރާޖަޢާކޮށްދެއްވާ މިހާރުދެއްވަމުންގެންދަވާ  2000/-ރުފިޔާ (ދެހާސް ރުފިޔާ)ގެ ބަދަލުގައި، -/5000 (ފަސްހާސް ރުފިޔާ) އަށް ފައިސާގެ އިނާމް ބޮޑުކުރުމަށާއި އަދި ފައިސާގެ އިނާމާއެކު މިހާރުވެސް ދެއްވާ ހަނދާނީ ފިލާ ދެއްވާގޮތަށް ހަމަޖައްސަވާދެއްވުމުގެ އިތުރުން ކޮމެޓީއަށް ދަސްކިޔައިދީ ނިމޭ ކޮންމެ ދަރިވަރަކަށް ވަކިން ބާއްވަމުންގެންދަވާ ހިތްވަރުދިނުމުގެ އިނާމް ޙަވާލުކުރާ ޙަފްލާތަކުގެ ބަދަލުގައި މިއަހަރުން ފެށިގެން އައްޑޫސިޓީ ޤުރްއާން ކިޔެވުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ޙިފުޘް އިމްތިހާން ފުރިހަމަކޮށް ސަނަދު ޙާޞިލްކުރާ ދަރިވަރުންނަށް ހިތްވަރުދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު 

ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 07 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00