އައްޑޫ ސިޓީ ކައުންސިލްގެ ރަސްމީ ވެބްސައިޓްADDU CITY COUNCIL
އައްޑޫ ސިޓީ ކައުންސިލްAddu City Council
ޤަރާރު
ޤަރާރު

އައްޑޫ ސިޓީ ސްކުއެއަރ ކުރިމަތީގައި ތަރައްޤީކުރެވޭ ވޯޓާރ ތީމް ޕާރކް ހެދުމަށް އެސަރަހައްދު ޑްރެޖް ކުރުމުގެ މަސައްކަތަށް ބަޖެޓް ހަމަޖެއްސުމާއިމެދު ކައުންސިލުން ގޮތެއް ނިންމެވުން

ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/94

ޖަލްސާ: 2026 ވަނަ އަހަރުގެ 32 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 24 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 05 ނޮވެމްބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ސިޓީ ސްކުއެއަރ ކުރިމަތީގައި ތަރައްޤީކުރެވޭ ވޯޓާރ ތީމް ޕާރކް ހެދުމަށް އެސަރަހައްދު ޑްރެޖް ކުރުމުގެ މަސައްކަތަށް ބަޖެޓް ހަމަޖެއްސުމާއިމެދު ކައުންސިލުން ގޮތެއް ނިންމުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ޔުނިޓް 

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " އައްޑޫ ސިޓީ ސްކުއެއަރ ކުރިމަތީގައި ތަރައްޤީކުރެވޭ ވޯޓާރ ތީމް ޕާރކް ހެދުމަށް އެސަރަހައްދު ޑްރެޖް ކުރުމުގެ މަސައްކަތަށް ބޭނުންވާ 1,500,000.00ރ ( އެއްމިލިއަން ފަސްލައްކަ ރުފިޔާ) ގެ ބަޖެޓް ހަމަޖައްސައި ދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ޒަރީރު

ތާއީދު ކުރެއްވި: ކައުންސިލަރ، އިސްމާޢިލް ސަޢީދު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 07 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00