އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 08 ވަނަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތަކާ ގުޅޭ (92-02)
ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(5)/2026/92-02
ޖަލްސާ: 2026 ވަނަ އަހަރުގެ 32 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 24 ވަނަ ޖަލްސާ)
ބޭއްވުނު ތާރީޚް: 05 ނޮވެމްބަރ 2026
މައްސަލަ
ހުށަހެޅުނު މައްސަލަ:
އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 08 ވަނަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކުރިޔަށް ގެންދިއުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް
މައްސަލަ ހުށަހެޅި ފަރާތް: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީ
ނިންމުން
މައްސަލަ ނިމުނު ގޮތް:
"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީއިން ހުށަހަޅާފައިވާ މައްސަލަ
ފޭދޫ ޓޫރިޒަމް ޒޯންއިން ގެސްޓްހައުސް ހިންގުމަށް ޕްރިމިއަރ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ 03 ޕްލޮޓްގެ އެއްބަސްވުމުގެ ދަށުން، އެފަރާތަށް ލިބިދޭ އެންމެހައި ހައްޤުތަކާއި، އުފުލަންޖެހޭ އެންމެހައި ޒިންމާތަކާއި މަސްއޫލިއްޔަތު، ފޭދޫ ރީޓްރީޓް ޕްރައިވެޓް ލިމިޓެޑަށް ބަދަލުކުރުމުގެ ހުއްދަ ދިނުމަށް އެދި، އެ ކުންފުނީގެ ނަންބަރު PP-2026-14 (25 އޮކްޓޫބަރު 2026) ސިޓީ މެދުވެރިކޮށް ހުށަހަޅާފައިވާތީ، އެފަރާތުން އެދިފައިވާ ގޮތަށް، ތިރީގައި ބަޔާން ކުރެވުނު 03 ބިމާއި ގުޅިގެން، "ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ބިންތަކަށް އިންވެސްޓް ކުރާ ފަރާތްތަކަށް ލުއިދިނުމުގެ އުސޫލު" ގެ ދަށުން، ޕްރިމިއަރ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑަށް ލިބިދޭ އެންމެހައި ހައްޤުތަކާއި، އުފުލަންޖެހޭ އެންމެހައި ޒިންމާތަކާއި މަސްއޫލިއްޔަތު، ފޭދޫ ރީޓްރީޓް ޕްރައިވެޓް ލިމިޓެޑަށް ބަދަލުކުރުމުގެ ހުއްދަ ދިނުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މިހުށަހެޅުން ފާސްކުރެވުނެވެ.
· ޓޫރިސްޓް ފެސިލިޓީސް ހިންގުމަށް ދޫކޮށްފައިވާ 9،697.358 އަކަމީޓަރުގެ F1 ޕްލޮޓް
· ޓޫރިސްޓް ފެސިލިޓީސް ހިންގުމަށް ދޫކޮށްފައިވާ 1،620.82 އަކަމީޓަރުގެ F2 ޕްލޮޓް
· ރެސްޓޯރަންޓް އެންޑް އެންޓަރޓެއިންމަންޓް ސެންޓަރ ހިންގުމަށް ދޫކޮށްފައިވާ 8،000 އަކަފޫޓުގެ SP 3 ޕްލޮޓް
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު
ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް
ވޯޓް ދެއްވި ގޮތް
ވޯޓުގައި ބައިވެރިވި: 07 ވޯޓް
ފެންނަކަމަށް: 07 ވޯޓް
ނުފެންނަކަމަށް: 00
ބައިވެރިވެވަޑައިނުގަންނަވާ:00
