އައްޑޫ ސިޓީ ކައުންސިލްގެ ރަސްމީ ވެބްސައިޓްADDU CITY COUNCIL
އައްޑޫ ސިޓީ ކައުންސިލްAddu City Council
ޤަރާރު
ޤަރާރު

ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (83-01)

ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/83-01

ޖަލްސާ: 2026 ވަނަ އަހަރުގެ 30 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 22 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 21 އޮކްޓޯބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލައަށް ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2026 މުބާރާތުގައި ހަރަކާތް ތެރިވާ އޮފިޝަލުންގެ ފީގެ ރޭޓުގެ ގޮތުގައި:

-ހެޑް ރެފްރީއަށް: ދުވާލަކަށް -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާ.

-އެމްޕަޔަރުންނަށް: މެޗަކަށް -/50 (ފަންސާސް) ރުފިޔާ.

-ސަރވިސް ޖަޖުންނަށް: މެޗަކަށް -/50 (ފަންސާސް) ރުފިޔާ.

-ލައިން ޖަޖުންނަށް: މެޗަކަށް -/25 (ފަންސަވީސް) ރުފިޔާ.

އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2026 މެޗުތަކުގައި އޮފިޝަލުން ބޭނުންކުރާނެ އުޞޫލު:

-ކުއާޓަރ ފައިނަލާ ހަމައަށް ހިނގާ ކޮންމެ މެޗެއްގައި ބައިވެރިވާނީ 1 އެމްޕަޔަރ އަދި 2 ލައިން ޖަޖުން.

ކުއާޓަރ ފައިނަލުން ފެށިގެން މައްޗަށް ކުޅޭ ކޮންމެ މެޗަކަށް (ޕްރެޝަރު ބޮޑު މެޗުތަކަށް ވާތީ) 1 އެމްޕަޔަރ، 1 ސަރވިސް ޖަޖް އަދި 4 ލައިން ޖަޖުން ބޭނުން ކޮށްގެން މެޗްތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ޒަރީރު

ތާއީދު ކުރެއްވި: ކައުންސިލަރ، މަރިޔަމް ސަޢީދާ

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 10 ވޯޓް

ފެންނަކަމަށް: 10 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00