ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 09 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކާ ގުޅޭ
ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(5)/2026/88
ޖަލްސާ: 2026 ވަނަ އަހަރުގެ 31 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 23 ވަނަ ޖަލްސާ)
ބޭއްވުނު ތާރީޚް: 28 އޮކްޓޯބަރ 2026
މައްސަލަ
ހުށަހެޅުނު މައްސަލަ:
ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 09 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި.
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ
ނިންމުން
މައްސަލަ ނިމުނު ގޮތް:
"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމެޓީއިން ހުށަހަޅާފައިވާ މައްސަލަ
ސ.ފޭދޫ 33 ނަންބަރު ބްލޮކް ގައިވާ ގޯތިތަކަށް ދިމާވެފައިވާ އިމުގެ މައްސަލަ އާއިމެދު ގޮތެއް ނިންމުމަށް ފޭދޫ އަވަށުއޮފީހުގެ ނަންބަރު: (MEMO)426-4B/426/2026/1604 މެމޯ އިން ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅިގެން، 33 ނަންބަރު ކޮށީގައި ހިމެނޭ "ޕްރީޗް"، "ފިނިވައިޖެހޭގެ"، "ސޮނީހައުސް" އަދި "އެޅެގެ"، މި ގޯތިތަކުގެ ރަޖިސްޓްރީތައް ހަދައިދެވިފައިވާ ތާރީޚަށް ބެލުމަށްފަހު،އެ ތަރުތީބުން މި ގޯތިތަކުގެ ރަޖިސްޓްރީއާއި އެއްގޮތަށް މިންތައް ހަމަކޮށްދިނުމަށް ފެންނަކަމަށާއި، ރަޖިސްޓްރީ ހަދައިދެވިފައިވާ ތަރުތީބުން ގޯތިތަކުގެ އިމުގެ މިން ހަމަކޮށްފައި ލިބެން އޮންނަ މިންތަކަކީ، އެންމެ ފަހަކަށް ގޯތީގެ ރަޖިސްޓްރީ ހަދައިދެވިފައިވާ ފަރާތުގެ ގޯއްޗަށްވާ މިންތައް ކަމުގައި ބެލުމަށާއި، އެ މިންތަކާއި އެއްގޮތްވާގޮތުގެ މަތިން އެފަރާތުގެ ރަޖިސްޓްރީ އިޞްލާޙުކޮށްދިނުމަށް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ.
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު
ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ. މުޙައްމަދު ޝުޢާޢު
ވޯޓް ދެއްވި ގޮތް
ވޯޓުގައި ބައިވެރިވި: 08 ވޯޓް
ފެންނަކަމަށް: 07 ވޯޓް
ނުފެންނަކަމަށް: 00
ބައިވެރިވެވަޑައިނުގަންނަވާ:01
